ads
ސަލްމާން މިސްކިތް - ފޮޓޯ: ޕީއެސްއެމް
އަލަށް އިމާރާތްކުރާ ހުރިހާ މިސްކިތްތަކުގައި ސޯލާ ހަރުކުރަނީ
ރާއްޖޭގައި އަލަށް އިމާރާތްކުރާ ހުރިހާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޑރ. ޝަހީމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލަށް އިމާރާތް ކުރާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުން އަސާސީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

"އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އަސާސީ ކަމެއްގެ ގޮތުގައި މަޝްރޫއުގެ ތެރެއިން، މިސްކިތް ނިމޭ އިރު ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫއުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރުމަކީ މިސްކިތްތައް އޭސީ ކުރުމުގައި ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށެވެ.

މިނިސްޓްރީން ދަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މިސްކިތް އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

އެގޮތުން އަމިއްލަ ފަރާތްތަކުގެ ހަރަދުގައި ތިން މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ. އެ ތިން މިސްކިތުގެ މަސައްކަތް ކުރަން އެއްބަސްވުމުގައި ސޮއިކުރީ އަލީމް ފައުންޑޭޝަނާއި ލިސާ މޯލްޑިވްސްގެ އިތުރުން އެސްޖޭ ކޮންސްޓްރަކްޝަންސް އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާ ކުރަން ބޭނުންވާ ފަރާތްތަކަށް ބިން ހަމަޖައްސައިިދޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް