ދެވަނަ ޑިވިޝަނުގެ ސެމީއަށް ނިއު ދިޔައީ ކުއާޓާ ފައިނަލްގައި 8-0 އިން ކްލަބް ޕީކޭ ބަލިކޮށްގެނެވެ. ސެމީ ފައިނަލްގައި ނިއު ވާދަކުރަން ޖެހޭނީ މާދަމާ ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލަށް ދާ ދެ ޓީމު ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެ އެވެ. މާނައަކީ ނިއުއާ ވިކްޓްރީން ކުރެ އެއް ޓީމަށް ކޮންމެ ގޮތެސްވިޔަސް އަންނަ އަހަރުގެ އެއްވަނަ ޑިވިޝަނުގެ ފުރުސަތު ނެތުމެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން ހަ ގޯލު ޖެހި އެވެ. ނިއުގެ އަނެއް ދެ ލަނޑު ޖެހީ ދެވަނަ ހާފުގައެވެ.