ads
ޝްވެކް ސިނަމާ-- ފޮޓޯ: އަވަސް
ސިނަމާތައް ބަންދުކުރަން އަންގައިފި
ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ބަންދުކުރަން އަންގައިފި އެވެ. 

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގެވުމުގައި ވަނީ މާޗް 30 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން ސިނަމާތަކާއި، ތިއޭޓަރުތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލުމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން މިފަދަ ގިނަ ފިޔަވަޅުތަކެއް ރާއްޖޭގައި އަޅަމުން ދާއިރު، ނިންމުންތައް ނިންމަމުން ދަނީ އާންމު ސިއްހަތުގެ ގާނޫނުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް