މިއަދު ހަވީރު ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗު ހާޑުވީ މެޗުގެ ފަހު 10 މިނެޓްތެރޭގައެވެ. އަދި އެކަމުގެ ތެރޭގައި ހިންގި ހަމަނުޖެހުމުގައި ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދަށްވަނީ ހަމަލާ ދީފައެވެ.
ހަމަނުޖެހުމާ ހެދި މެޗު އިތުރަށް ފުރިހަމަ ނުކުރެވުނެވެ. މެޗުގެ ކުޅުން މެދުކަނޑާލިތާ ގާތްގަނޑަކަށް 25 މިނެޓް ފަހުން މެޗުގެ އޮފިޝަލުން ނިންމީ މެޗުގެ ފަހު 10 މިނެޓް އިތުރަށް ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ފަހުން ގޮތެއް ނިންމުމަށެވެ.
މެޗު ހުއްޓާލިއިރު ނަތީޖާއަކީ ވިކްޓްރީ ތިނެއް އެކަކުން ކުރީގައި އޮތުމެވެ.
ހަމަނުޖެހުމާ ގުޅިގެން މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް އެހީވުމަށް އިތުރު ފުލުހުން ވެސް ދަނޑަށް ހާޒިރުވި އެވެ.