އަލްހާން އަދި ކިންގްސްގެ މައްޗަށް މިއަދު ކުރި ދެ ހުކުމްގެ ތެރެއިން އެއް ހުކުމަކީ ގާތްގަނޑަކަށް 800،000 ރުފިޔާ ދައްކަން ކުރި ހުކުމެވެ. ދެވަނަ ހުކުމަކީ ގާތްގަނޑަކަށް 250،000 ރުފިޔާ ދައްކަން ކުރި ހުކުމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކިންގްސް ކުންފުނިން ފެށި ސްކީމްގައި ގިނަ ބަޔަކު ބައިވެރިވެ، ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް 2022 ވަނަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ހިފަހައްޓައި، ޖިނާއީ ތަހުގީގު ފެށުމުން ގިނަ ބަޔަކަށް ފައިސާ ނުލިބި ވަނީ ތާށިވެފަ އެވެ.
މިއަދު ސިވިލް ކޯޓުން ހުކުމް ކުރި ދެ މައްސަލަ ވެސް ހުކުމްކޮށްފައިވަނީ އަލްހާން އަދި، ކުންފުނީގެ ގައިރު ހާޒިރުގައެވެ. މީގެ ކުރިންވެސް ހަމަ މި ފަދަ މައްސަލަތަކުގައި އަލްހާންގެ މައްޗަށް ހުކުމްކޮށްފައިވެއެވެ.