ފޯވަޑް އަލްމޮއެޒް އަލީ ޖެހި ލަނޑާ އެކު، އޭޝިއަން ކަޕްގެ ސެމީ ފައިނަލްގެ ފަހު މެޗުން ގަތަރު މޮޅުވީ އީރާން އަތުން 3-2 އިންނެވެ. މިއާއެކު ގަތަރު މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޖާގަ ހޯދައިފި އެވެ. ގަތަރަކީ ޑިފެންޑިން ޗެމްޕިއަންވެސް މެއެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މި އަހަރު މުބާރާތުގެ ހޯސްޓް ކަމަށްވާ ގަތަރާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ ޖޯޑަން އެވެ. މުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތް ކާމިޔާބުކުރީ ގަތަރުންނެވެ.
ޖޯޑަން ފައިނަލަށް ދިޔައީ ސެމީގައި ދެކުނު ކޮރެއާ ބަލިކޮށްގެނެވެ. މިއީ ޖޯޑަން ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.