ކޮންމެ ދުވަހަކު ރައީސް އޮފީހުންގެ ގެނެސްދޭ ރައީސް ޖަވާބުގައި މިއަދުގެ ސުވާލު އަމާޒުވީ ތ. އަތޮޅުގައި މި ސަރުކާރުން އިތުރު ރިސޯޓެއް ހުޅުވާނަންތޯއެވެ.
މި ސުވާލަށް ޖަވާދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ދައުރުގެ ތެރޭގައި ތ. އަތޮޅަށް ގިނަ ރިސޯޓްތަކެއް ގެންނަވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެއް ރިސޯޓް މިއަހަރު ތެރޭގައި ގެންނާނަކމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ރިސޯޓްތައް އިތުރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
17،000 މީހުްނެގ އާބާދީއެއް އޮންނަ ތ އޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮވެއެވެ. އެ އަތޮޅުގައި އޮންނަނީ އެންމެ ރިސޯޓެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;