ads
ތ. އަތޮޅަކީ މި ރާއްޖޭގައި އޮތް އެންމެ ނިކަމެތި އަތޮޅު: ރިޔާޒް
ތ. އަތޮޅަކީ މި ރާއްޖޭގައި އޮތް އެންމެ ނިކަމެތި އަތޮޅުގެ ތެރެއިން އެއް އަތޮޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅު ވެއްޖެ އެވެ.
Advertisement

ރައީސް މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދޫއަަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ޑރ. މުއިއްޒު އަކީ ރައްޔިތުންގެ އަޑު އައްސަވާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސް ދިނުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށާއި އެ މަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށެވެ.

ރައީސް މުއިއްޒު ވަނީ އަމަލީ ގޮތުން ވެސް ރައްޔިތުންނަށް ތަސައްލީއެއް ގެނެސްދޭން ބޭނުންފުޅުވާކަން ދައްކަވާފައި ކަމަށާއި މިކަމަށްޓަކާއި ރިޔާޒް ވަނީ ރައީސް ޑރ. މުއީޒުއަށް ވަރަށް ބޮޑު ޝުކުރު އަދާ ކުރައްވާފަ އެވެ.

"ތ.އަތޮޅުގައި އޮތީ އެންމެ އެއާޕޯޓެއް. އެ އެއާޕޯޓުގައި އެކަށީގެންވާ ވަރަށް ދަތުރެއް ވެސް ނެތް. ހަފްތާއަކު އޮތީ އެންމެ 2 ދަތުރު." ރިޔާޒް ވިދާޅުވި އެވެ.

މި އަތޮޅަކީ ބޮޑު އަތޮޅެއް ނަމަވެސް އިގްތިސާދީ ތަނަވަސް ކަމެއް މި އަތޮޅުގައި ނެތް ކަމަށާއި މަސްވެރި އަތޮޅެއް ނަމަވެސް އެ ބާނާ މަސް ކިރާނެ ގޮތެއް މި އަތޮޅުގައި ނެތް ކަމަށް ރިޔާޒު ވިދާޅުވި އެވެ. 

މި އަތޮޅުގައި މަސްވެރިކަމުގެ ސިނާއަތަށް ނަގާފައި އޮތް ރަށެއް އެތަށް އަހަރުތަކެއް ވަންދެން ބޭނުން ނުކުރެވިއޮތް ކަމަށްވެސް ރިޔާޒު ފާހަގަ ކުރެއްވި އެވެ. 

ރައީސް ތ. އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން އަޑު އައްސަވާފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށާއި ސަބަބަކީ ދަތުރުފުޅުމަތީގައި ކަމާބެހޭ އިދާރާތަކުގެ މިނިސްޓަރުންނާ އެކު މަޝްވަރާ ކުރައްވާތީ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި އެ މަޝްވަރާތައް ކުރައްވަމުންގެންދަވާ މަންޒަރު ހުދަ އޭނާއަށް ވެސް ފެނިވަޑައިގެންފައިވާކަމަށް ރިޔާޒު ވިދާޅުވި އެވެ. 

ރިޔާޒް ވިދާޅުވީ ކިނބިދޫ އާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލަ ދިނުމަކީ ރިޔާޒުގެ އިތުރުން  އެއް އެޅުމަކީ ކިނބިދޫގެ ރައްޔިތުން ރައީސްގެ ކިބައިން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށާއި ރައީސްގެ އެޖެންޑާގައި އެކަން ހިމަނުއްވައިގެން އެކަން ކޮށްދެއްވާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް