ads
ތ. އަތޮޅުގެ ހަތަރު ގޮނޑި ޕީޕީއެމް/ޕީއެންސީއަށް ހޯދައިދޭނަން: ރިޔާޒު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތ. އަތޮޅުގެ ހަތަރު ގޮނޑި، ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ހޯއްދަވައިދެއްވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅު ވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ކިނބިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މެންބަރު ރިޔާޒު ވިދާޅުވީ، އިގްތިސޯދީ މަސައްކަތްތައް ކުރުމާއި ގާނޫނީ ބަދަލުތައް ގެނެވޭނީ ސަރުކާރަށް މަޖިލިހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށެވެ. 

އެހެންކަމުން އަތޮޅުގެ އިގްތިސޯދީ ކުރިއެރުމަށްޓަކައި ހުރިހާ ސިޔާސީ ފިކުރެއްގެ ރައްޔިތުން ވެސް ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅަށް އެރުމަށް ރިޔާޒު އިލްތިމާސް ކުރެއްވި އެވެ.

ރިޔާޒު ވިދާޅުވީ އަތޮޅުގެ ކުރިއެރުމަށްޓަކައި ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ހޯދައިދެވިއްޖެ ނަމަ އަތޮޅު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނެ ކަމަށާއި، އެ މަސައްކަތް ހުއްޓުމެއް ނެތި ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮޅުމަޑުލުގެ ހަތަރު ގޮނޑި އިއްޒަތްތެރި ރައީސަށް އަރުވާނަން، އެއީ އަޅުގަނޑުމެންގެ އަޒުމެއް." ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެ މަސައްކަތް ހުއްޓާލާނީ ރައީސް ޑރ. މުއިއްޒުގެ އިގްތިސޯދީ އެޖެންޑާއަށް ތ. އަތޮޅު ރައްޔިތުން ތާއީދު ކުރައްވައި، އެ އަތޮޅުގެ ގޮނޑިތައް ކާމިޔަބު ކުރެވުމަށް ފަހުގައި ކަމަށެވެ.

މިގެއިތުރުން ރިޔާޒު ވަނީ ތ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމާއި ފަތުރުވެރިކަމުގެ ސިނާއަށް ބަލިކަށިކަން ފާހަގަ ކުރައްވައި، އެކަންކަން ހައްލު ކޮށްދެއްވުމަށް ރައީސް ޑރ. މުއިއްޒު މިހާރު ވެސް މަސައްކަތް ފައްޓަވާފައި ވާކަން ފާހަގަ ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް