ads
ހަމަ އެކަނި ރައްޔިތުން ރުއްސަން އެއްވެސް ވާހަކެއް ނުދައްކަން: ރައީސް
ކެމްޕޭނުތެރޭގައި އަދި އެހެން ތަނުކުވެސް ހަމަ އެކަނި ރައްޔިތުން ރުއްސަން އެއްވެސް ވާހަކަފުޅެއް ނުދައްކަވާ ކަމަށާއި ދެއްކެވި ވާހަކަފުޅުތަކަކީ އިހްލާސްތެރިކަމާއި އެކު ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެ އެވެ.
Advertisement

މިއަދު ކިނބިދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެ ރަށުގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެކަމަށާއި ތަރައްގީ ބައްޓަން ކުރުމުގައި ޓްރާންސްޕޯޓު ނިޒާމަކީ ވަރަށް މުހިންމު ރޯލެއް ކުޅޭ ކަމެއް ކަމަށާއި އެ ގޮތުން އެއް ރަށުން އަނެއް ރަށަށް އަދި އެއް އަތޮޅުން އަނެއް އަތޮޅަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ ނިޒާމެއް ބައްޓަން ކުރަން އެބަޖެހޭ ކަމަށެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތައް ތަރައްގީވަމުން އައިސް ފައިވަނީ މަގުތަކާއި ބްރިޖުތައް ހަދާއިގެން ކަމަށާއި ކިނބިދޫ ރައްޔިތުން އެންމެ ބޭނުންވާ އެއް ކަންތައް ކަމުގައިވާ ކިނބިދޫ އާއި ވޭމަންޑޫ އާއި ކޯޒްވޭ އަކުން ގުޅިގެން ދިއުން ކަމަށާއި އެކަން ޔަގީން ކަމާ އެކު ހާސިލް ކޮށްދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

"ތަރައްގީގެ ކަންކަން ތަރުތީބެއް ކަނޑައަޅައިގެން ނޫނީ މިހާރު ރާއްޖެ މި އޮތް އިގްތިސާދީ އަނދަވަޅުން އަރައިނުގަނެވޭނެ ކަމަށާއި ދެމެހެއްޓެނެވި ތަރައްގީއެއް ގާއިމު ކުރުމަށް މިއަނދަވަޅުން އަރައިގަތުން ވަރަށް މުހިންމު. އަޅުގަނޑު ރައްޔިތުންނަށް ކަންކަން ކޮށްދޭނީ ހަގީގީ މާނާއިގައި ރައްޔިތުންނަށް ފައިދާވާނޭ ގޮތަކަށް ބަލައިގެން އިހްލާސްތެރިކަމާއި އެކުގައި." ރައީސް މުއިއްޒު ވިދާޅުވިއެވެ

މީގެ އިތުރުން ވެސް ކައުންސިލްތަކަށް ކަނޑައަޅާފައިވާ އިހްތިސާސްގެ ދަށުން ރަށްރަށް ހޯދައި، މާލީ ބާރުވެރިކަން ހޯދުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ކިނބިދޫއަށް ވެސް އެ ފުރުސަތުތައް ހޯދުމުގެ މަގުފަހިވެފައިވާ ކަމަށާއި، އެކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތްގޮތުން ރަށުގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތައް އެންމެ އިސްކަންދޭ ތަރުތީބުން އަލުން ތަރުތީބު ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް