ވިކްޓްރީއާ ކުޑަ ހެންވޭރުގެ މެޗު އިއްޔެ ހުއްޓާލީ ދަނޑު ބޭރުން ބަޔަކު ދަނޑަށް އަރައި މާރާމާރީ ހިންގައި މެޗު ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތުމުންނެވެ. އެކަމާ ގުޅިގެން މުބާރާތުގެ އިމަޖެންސީ ކޮމިޓީން ނިންމީ، 82 ވަނަ މިނެޓްގައި ހުއްޓާލި މެޗުގެ ފަހު އަށް މިނެޓް މާދަމާ ހަވީރު ކުޅުމަށެވެ. އެކަމަކު އޭގެ ފަހުން ކުޑަހެންވޭރުން ވަނީ މެޗު ކުޅެން ބޭނުން ނުވާކަން ހާމަކޮށް އެފްއޭއެމް އަށް ސިޓީއެއް ފޮނުވާފައި އެވެ.
އެ ސިޓީއާ ގުޅިގެން އެފްއޭއެމުން ނިންމީ، މެޗު ހުއްޓާލި އިރު އޮތް ނަތީޖާ ކަމަށްވާ 3-1 ން ވިކްޓަރީ މޮޅުވެފައިވާ ކަމަށެވެ. އެހެންކަމުން ވިކްޓްރީއަށް ސެމީ ފައިނަލުން ފުރުސަތު ލިބުނީއެވެ. ސެމީގައި ވިކްޓްރީ ކުޅޭނީ ޒަމާންވީ ވާދަވެރިޔާ ނިއުރޭޑިއަންޓާއެވެ.