ads
ޕްރިންސް ހެރީ، މޭގަން މާކަލް އަދި ޑޮނަލްޑް ޓްރަމްޕް--
ހެރީ އާއި މޭގަންގެ ސެކިއުރިޓީއަށް އެމެރިކާއިން ހަރަދެއް ނުކުރާނަން: ޓްރަމްޕް
އިނގިރޭސި ޝާހީ އާއިލާ ދޫކޮށް، ކެނެޑާއަށް ބަދަލުވި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ސެކިއުރިޓީއަށް އެމެރިކާއިން ހަރަދު ނުކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނަކީ އިނގިރޭސި ރާނީ އެލިޒަބަތާއި އިނގިރޭސިވިލާތަށް ވަރަށް ސަޕޯޓު ކުރާ މީހެއް ކަމަށެވެ. 

އަދި ޝާހީ އާއިލާއާ ވަކިން، މިނިވަންކޮށް އުޅުމުގެ ބޭނުމުގައި ޕްރިންސް ހެރީ އާއި މޭގަން ދިރިއުޅުން ބިނާކުރާނީ ކެނެޑާގައި ކަމަށް ރިޕޯޓުތަކުން ބުނި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އެކަމަކު މިހާރު އެ ދެކަނބަލުން ކެނެޑާ ދޫކޮށް އެމެރިކާއަށް ބަދަލުވެފައިވާ ކަމަށާއި، އެ ބަދަލު ގެނައި ނަމަވެސް އެ އާއިލާގެ ސެކިއުރިޓީއަށް އެމެރިކާއިން ހަރަދު ނުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އަދި ޕްރިންސް ހެރީ އާއި މޭގަންގެ ސެކިއުރިޓީގެ ކަންކަމަށް ހަރަދު ކުރަން ޖެހޭނީ އެ ދެކަނބަލުން އަމިއްލަފުޅަށް ކަމަށް ވެސް ޓްރަމްޕްގެ ޓްވީޓުގައި ވަނީ ވިދާޅުވެފަ އެވެ.

ޕްރިންސް ހެރީ އާއި މޭގަން ވަނީ ޝާހީ އާއިލާގެ އިސް މެމްބަރުންގެ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ނުފެންނާނެކަން އިއުލާންކުރައްވާފަ އެވެ.

އަދި އަށް މަހުގެ ދަރިފުޅު، އާޗީގެ ވަގުތު ދެން ހޭދަ ކުރާނީ ކެނެޑާ އާއި އިނގިރޭސިވިލާތުގައި ބަހާލައިގެން ކަމަށް ވެސް އިއުލާންކޮށްފައި ވެއެވެ.

ނަމަވެސް ޕްރިންސް ހެރީ އާއި މޭގަން ކެނެޑާއަށް ދިރިއުޅުން ބަދަލުކުރުމުން، ކެނެޑާ ސަރުކާރުން ވެސް ނިންމާފައި ވަނީ ސެކިއުރިޓީއަށް ހަރަދު ނުކުރުމަށެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް