ads
ހިމަންދޫގައި އެޅި އިންޖީނުގެއިން ރޯދައަށް ކަރަންޓްދޭން ފަށަނީ
ހިމަންދޫގައި އަޅަމުން އަންނަ ޒަމާނީ އިންޖީނުގެ ނިންމާ ރޯދަމަހު ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސްޓޭޓް އިލްކެޓިރިކަލް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ހިމަންދޫގައި ޒަމާނީ ފެންވަރުގެ އިންޖީނުގެ އެއް އެޅުމުގެ މަސައްކަތް ފެށި މިދިޔަ ސަރުކާރުންނެވެ. އައު އިންޖީނުގޭގެ ބިންގާ އެޅީ 2021 ވަނަ އަހަރުގެ މާރިޗު 18 ގައެވެ. ބިންގާ އަޅުއްވާދެއްވީ ސްޓެލްކޯގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. 

your imageހިމަންދޫ އައު އިންޖީނުގޭ ކުރެހުމެއް

ހިމަންދޫގައި އިމާރާތްކުރި ޒަމާނީ އިންޖީނުގޭގައި، އިންޖީނު ބަހައްޓާ އިމާރާތާއި އިދާރީ އޮފީސް އިމާރާތެއް ހިމެނެއެވެ. އަދި އިންޖީނުގޭގެ ފަރުމާއަކީވެސް، ރަށުގެ މަލަމަށްޗަށް ހިތްގައިމުކަން ގެނެސްދޭނެ ރަށުގެ ލޭންޑްމާކަކަށް ވާނެހާ ތަފާތުވާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި ތަން ތަރައްގީކޮށްފައިވަނީ ކޯވިޑްގެ ތަޖުރިބާއަށް ބަލާ، ތަނުގައި ތެރޭގައި މުވައްޒަފުންނަށް ދިގު މުއްދަތަކަށް އުޅެންޖެހިއްޖެނަމަ އުޅެވޭ ގޮތަށް އެކަމަޑޭޝަން ބްލޮކެއްވެސް ހިމަނައިގެންނެވެ. 

ސްޓެލްކޯއިން ބުނީ ހިމަންދޫ އައު އިންޖީނުގެއިން ރޯދަމަހުގެ ކުރިން ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި މި އިންޖީނުގެ ބަދަލުވެގެން ދާނީ ރަށުގައި މިހާރި ދެމުންދާ ހިދުމަތގެ ފެންވަރު ރަނގަޅުވެ ހިދުމަތުގެ ޔަގީންކަން އިތުރުވެގެންދާނެ ތަނަކަށްކަމަށެވެ. 

your imageހިމަންދޫގައި މިހާރު ބޭނުންކުރާ އިންޖީނުގެ. ފޮޓޯ: ޕީއެސްއެމް

800 އެއްހާ މީހުންގެ އަބާދީއެއް އޮންނަ ހިމަންދޫގައި ކަރަންޓް ދިނުމަށް މިހާރު ބޭނުންކުރާ އިންޖީނުގޭގެ ކެޕޭސިޓީއަކީ 533 ކިލޯވޮޓް އެވެ. އައު އިންޖީނުގޭގައި ބޭނުންކުރުމަށް މިދިޔަ ސަރުކާރުން ވަނީ އެރަށަށް 336 ކިލޯވޯޓްގެ މުޅިން އައު ޖަނަރޭޓަރު ސެޓެެއް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް