މި އަހަރުގެ ދެވަނަ ޑިވިޝަނުގައި ވިކްޓްރީއާ ނިއު ކުޅެމުން އަންނައިރު، މުބާރާތުގެ ފައިނަލަށް ދާ ދެ ޓީމަށް އަންނަ ސީޒަންގައި އެއްވަނަ ޑިވިޝަނުން ޖާގަ ލިބޭނެއެވެ.
ނަތީޖާތައް ނުކުމެފައިވާ ގޮތުން ނިއުއާ ވިކްޓްރީ ކުޅެން ޖެހެނީ ސެމީގައެވެ. މާނައަކީ އެއް ޓީމަށް އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަން ކަށަވަރުވެ، އަނެއް ޓީމަށް އަންނަ ސީޒަނުގައިވެސް ކުޅެން ޖެހޭނީ ދެވަނަ ޑިވިޝަނުގައި ކަމަށްވުމެވެ.
ވިކްޓްރީ ސެމީއަށް ދިޔައީ ކުޑަ ހެންވޭރު މެޗު ކާމިޔާބުކޮށްގެނެވެ. ނިއު ސެމީއަށް ދިޔައީ ޕީކޭއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެނެވެ. އެއް ސެމީގައި ވިކްޓްރީ – ނިއު ކުޅޭއިރު، އަނެއް ސެމީގައި ކުޅޭނީ ޓެންޓް ސްޕޯޓްސްއާ މަސްއޮޑިއެވެ. އެހެންކަމުން ވިކްޓްރީ ނުވަތަ ނިއުއާ އެކު ދެން ފުރަތަމަ ޑިވިޝަނަށް ދާނީ ފުރަތަމަ ޑިވިޝަނަށް މުޅިން އާ ޓީމެކެވެ.