ads
ހަތްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ
ހަތްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ޕާތް ސިޓީގައި ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ ސަމަދެވެ.

އޭސިއާ ސަރަހައްދުގެ ގިނަ ގައުމުތަގުން ބައިވެރިވި އިންޑިއަން އޯޝަން ކޮންފަރެންސަކީ، ގައުމުތަކުގެ ސަރަހައްދީ ރައްކާތެރިކަމާއި ތަރައްގީއާ ގުޅޭ މަޝަވަރާތައް ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

އިންޑިއަން އޯޝަން ކޮންފަރެންސްގައި ސްޓޭޓް މިނިސްޓަރު ޝެރީނާ ވަނީ ވިއެޓްނަމްގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑރ. ގުޔެން މިންހް ވޫ އާއި ސްރީ ލަންކާގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަލީ ސަބްރީގެ އިތުރުން އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ސެނެޓާ ވޮންގާ ވެސް ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުންތަކުގައި ރާއްޖެއިން އެ ގައުމުތަކާއެކު ބާއްވާ ގުޅުން އިތުރަށް ފުޅާކުރުމާއި، ގުޅިގެން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މި އަހަރުގެ އިންޑިއަން އޯޝަން ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަވަނަ ދުވަހާއި 10 ވަނަ ދުވަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް