ރަސްމީ ދަނޑުގައި ހިނގި ހަމަ ނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މީހަކާ، 35 އަހަރުގެ މީހެކެވެ. މި ދެ މީހުންވެސް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.
މި ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމެވެ. މި ދެމީހުންގެ ވެސް ކުށުގެ ރިކޯޑް އޮވެ އެވެ.
އެ މެޗުގައި ހިނގި ހަމަ ނުޖެހުންތަކާ ގުޅިގެން މެޗުގެ ކުޅުން ހުއްޓާލިއިރު، މެޗުގައި ނުކުޅެ ބާކީ އޮތް ވަގުތުތައް ކުޅެން ކުޑަހެންވޭރުންވަނީ ދެކޮޅު ހަދާފައެވެ.