ads
މިއަދު 10،000ގިނަ ފަތުރުވެރިން އަންނާނެ، ރިކޯޑް މުގުރާލާނެ
އެއްދަުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސް ރެކޯޑް މުގުރާލާނެ ދުވަހަކަށް މިއަދު ވާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މިއަދު ރާއްޖެއަށް 10.213 ފަތުރުވެރިން އަންނާނެކަމަށެވެ. އަދި މިއަދަދު ވަނީ އެއްދުވަހެއްގައި މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސް ޑެއިލީ އެރައިވަލްސް ރެކޯޑް މުގުރާލާނެ ދުވަހެއްކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. 

ކޯވިޑްގެ ފަހުން އެންމެ ފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަދުވަހުއެވެ. އެދުވަހު އައި 8028 މީހުން ރެކޯޑް މުގުރާލީ މިދިޔަ ހަފްތާގެ ތެޜޭގައެވެ. މިމަހުގެ 8 ވަނަދުވަހު ރާއްޖެއަށް  8900 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިމިވަނީ ޗައިނާއިންނާއި ޔޫރަފުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފެށުމުންނެވެ. ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ފަތުރުވެރިން އަންނަ ގައުމަތަކުގެ ލިސްޓުގެ އެއްވަނާގައި މިހާރު އޮތީ ޗައިނާއެވެ. ދެވަނައިގައި އިޓަލީ އޮތް އިރު ތިންވަނާގައި އޮތީ ރަޝިޔާއެވެ.

ފަތުރުވެރިކަމާއި ބެހޭ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 236،730 ފަތުރުވެރިން ރާއްޖެއަށް އަށް ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ  208،162 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ އަދަދު އުޅެނީ %13.7 ކުރީގައެވެ. 


ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް