ads
ގަތަރުގެ ކުޅުންތެރިން އުފާފާޅު ކުރަނީ
އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ގަތަރަށް
އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި، ގަތަރުން ދިފާއު ކޮށްފިއެވެ.

އޭޝިއަން ކަޕްގެ ތަށި ގަތަރުން ދިފާއު ކުރީ، ފައިނަލް މެޗުގައި ޖޯޑަން ބަލިކޮށްގެނެވެ. މުބާރާތް ހޯސްޓް ކުރާ ގަތަރުން، ޖޯޑަން ބަލިކުރީ ތިން ލަނޑު އެއް ލަނޑުންނެވެ. 

ވޯލްޑް ކަޕުގެ ފައިނަލް މެޗުވެސް ކުޅުނު ލުސައިލް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ގަތަރުން ޖެހި ތިން ލަނޑުވެސް ޖެހީ، އަކްރަމް އަފީފްއެވެ. ތިން ލަނޑަކީވެސް ތިން ޕެނަލްޓީއެވެ.

ފައިނަލް މެޗުގައި އަފީފް ހެޓްރިކް ހެދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާއެވެ. މި މުބާރާތުގައި އަފީފް ވަނީ ޖުމްލަ އަށް ލަނޑު ޖަހާފައެވެ.

މި މެޗު ބެލުމަށް 86000 މީހުން ދަނޑަށް ވަނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް