ads
ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު އަބްދުﷲ ނަސީރަށް ދީފި
އެމްޑީޕީގެ ކާށިދޫ ދާއިރާގެ މަޖިލިސް ޓިކެޓު އަބްދުﷲ ނަސީރަށް ދީފި އެވެ.

އެމްޑީޕީން ޕްރައިމެރީން ކާށިދޫ ދާއިރާގެ ޓިކެޓް ލިބުނީ މިހާރުވެސް އެދާއިރާ ތަމްސީލުކުރައްވާ އަބްދުﷲ ޖާބިރަށެވެ. އެހެންނަމަވެސް އަނގަ ހަޑިވެ ބޭ އަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ އެ މައްސަލަ ބެލުމަށްފަހު ޖާބިރު އެމްޑީޕީން ވަނީ ވަކިކޮށްފައެވެ. 

ކާށިދޫ ދާއިރާގެ ޓިކެޓް އެމްޑީޕީން މިހާރު ދީފައިވާ އަބްދުﷲ ނަސީރު ވަނީ މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީއެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ، އަދި ހައްޖު ކޯޕަރޭޝަންގެ ބޯޑުގެ ޗެއާމަންކަންވެސް ކުރައްވާފައެވެ. 

ނަސީރަށް އެމްޑީޕީގެ ޓކިކެޓް ދިން އިރު އޭނާ އެދާއިރާގެ ޕްރައިމެރީގައިވެސް ވާދަކޮށްފައެއް ނުވެއެވެ. ޖާބިރާއި ޕްރައިމެރީގައި ވާދަކުރީ އަބްދުﷲ ރިފްއަތު އެވެ. 

އިންތިހާބަށް ނަން ހުށައެޅުމުގެ މުއްދަތު މާދަމާ ނޫން އަނެއް ދުވަހަށް ހަމަވާއިރު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ނަން ހުށައެޅުން މިއަދު އޮންނާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް