ads
ގޭދޮށު މަސްފެކްޓަރީއެއް އަދި ނެތް، އެޑްވާންސަށް ފައިސާ ހުރީ ދީފައި: ޝިޔާމް
ގޭދޮށު މަސްފެކްޓްރީގެ އެެއްވެސް މަސައްކަތެއް ކުރިޔަށް ނުގޮސް ހުރިކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެެއްވަމުން މިނިސްޓަރު ވިދާޅުވީ ގޭދޮށު އެއްވެސް ފެކްޓްރީއެއް އަދި ހުރީ ބޭނުން ކުރެވޭ ފެންވަރުގައި ނޫން ކަމަށާއި ހުރިހާ މަސް ފެކްޓްރީއެއްގެ މަސައްކަތް ހުރީ އިނީޝިއަލް ސްޓޭޖުގައި ކަމުގަ އެވެ.

ވަޒީރު ވިދާޅުވީ ގޭ ދޮށު އެއްވެސް މަސްފެކްޓަރީއެއް ނުނިމި ހުރިނަމަވެސް އެ މަސްފެކްޓްރީ ތައް ހަދަން ހުރީ އެކި ފަރާތްތަކާއި އެވޯޑްކޮށްފައިކަމަށެވެ. އަދި ބައެއް ތަންތަނަށް ހުރީ އެޑްވާންސް ޕޭމަންޓުވެސް ހަވާލު ކޮށްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. 

" މި ގޮތަށް ހުރި މަސައްކަތްތައް ޓާރްމިނޭޓް ކުރަން ޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަން" ސިޔާމް ވިދާޅުވިއެވެ

މަސް ކިރާ، ޕްރޮސެސް ކުރެވޭ ގޮތަށް އެކި ރަށްރަށުގައި ގޭދޮށު މަސް ފެކްޓްރީ އެޅުމަކީ މިދިޔަ ސަރުކާރުގެ ރިޔާސީ ވައިދެކެވެ. އެކި ރަށްރަށޔގައި މަސްފެކްޓަރީތައް އަޅަން ބައެއް ފަރާތްތަކާއި އޭރު ސަރުކާރުންވަނީ ހަވާލުވެސްކޮށްފައެވެ. މި މަސައްކަތް ކުރިޔަށް ގެންދިޔައީ އިންޑިއާ ސަރުކާރުން ދިން 1.4 ބިލިއަން ރުފިޔާގެ އެހީގެތެރެއިންނެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް