މެރެތަންގެ މުޅިން އާ ރެކޯޑްތަކެއް ހަދާނެ ކަމަށް އުއްމީދު ކުރެވުނު ކެލްވިން މަރުވީ ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައެވެ. އޭނާ މަރުވީ އޭނާގެ ކޯޗު ރުވަންޑާގެ ގާވައިސް ހަކިޒިމާނާއާ އެކު ކާރުގައި ދަނިކޮށް ވީ އެކްސިޑެންޓްގަ އެވެ. ހަކިޒިމާނާ ވެސް ވަނީ މަރުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެކްސިޑެންޓްވީއިރު ކާރު ދުއްވަން އިނީ ކެލްވިންއެވެ.
ކިޕްޗޯގޭ މެރަތަން ވޯލްޑް ރެކޯޑް، ކެލްވިން ކިޕްޓަމް މުގުރާލީ މިދިޔަ އޮކްޓޫބަރު މަހު ޝިކާގޯ މެރަތަންގައި ދުވެގެންނެވެ. ކެންޔާގެ ކެލްވިން ކިޕްޓަމް ދުނިޔޭގެ އާ ރެކޯޑް ހެދީ، ކިޕްޗޯގޭގެ ކުރީގެ ވަގުތަށް ވުރެ 30 ސިކުންތަށް ވުރެ ކުރި ހޯދައިގެންނެވެ. އުމުރުން 24 އަހަރުގެ ކެލްވިން ކިޕްޓަމް ޝިކާގޯ މެރަތަން ނިންމާލީ ދެ ގަޑިއިރާއި 35 ސިކުންތުންނެވެ.
"އަހަރެންނަށް ވަރަށް އުފާވެރިކަން އިހުސާސް ކުރެވެނީ. ރޭސް ފެށިއިރު، މިއަދު އަހަރެންގެ ސިކުނޑީގައި ދުނިޔޭގެ ރެކޯޑެއް ނެތް،" 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާލިންގައި ހެދި ކިޕްޗޯގޭގެ ދެ ގަޑިއިރު، އެއް މިނިޓާ ނުވަ ސިކުންތުން ހެދި ރެކޯޑް މުގުރާލުމަށް ފަހު ކެލްވިން ކިޕްޓަމް ބުންޏެވެ.