ads
އައިވަރީ ކޯސްޓް ކުޅުންތެރިން ޓްރޮފީއާއެކު
އެފްރިކާގެ ޗެމްޕިއަންކަން އައިވަރީ ކޯސްޓަށް
އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން އައިވަރީ ކޯސްޓުން ހޯދައިފިއެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން އައިވަރީ ކޯސްޓުން ހޯދީ ފައިނަލް މެޗުގައި ފަހަތުން އަރައި ނައިޖީރިއާ ބަލިކޮށްގެނެވެ. ރޭ ކުޅުނު ފައިނަލް މެޗު އައިވަރީ ކޯސްޓުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނައިޖީރިއާއިންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވިލިއަމް ޓްރޫސްޓް-އެކޮންގެވެ. އައިވަރީ ކޯސްޓުން ނަތީޖާ އެއްވަރުކުރީ މެޗުގެ 62 ވަނަ މިނެޓުގައެވެ. ސައިމަން އެޑިންގްރާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ފްރޭންކް ކެސީއެވެ.

މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ބޮރޫޝިއާ ޑޯޓްމުންޑުގެ ފޯވާޑް ސެބަސްޓިއަން ހޯލާ ވަނީ ލަނޑެއް ޖަހައި، އައިވަރީ ކޯސްޓަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. މިއީ އައިވަރީ ކޯސްޓުން އެފްރިކާގެ ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން އެ ޓީމުން ވަނީ މި މުބާރާތް 1992 އަދި 2015 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް