ads
އެމްޑީޕީން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން / ފޮޓޯ: އެމްޑީޕީ
އެމްޑީޕީ ފޯމުތައް އީސީއަށް، އުއްމީދަކީ މަދުވެގެން 65 ގޮނޑި: ފައްޔާޒު
އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މަދުވެގެން 65 ގޮނޑި އެމްޑީޕީން ނަގާނެކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަންނަ މަޖިލީހުގައި ވާދަކުރާ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައަޅާފައެވެ. ކެންޑިޑޭޓުން ފޯމު ހުށައެޅީ ޕާޓީގެ ލީޑަރ ޝިޕްގެ މެމްބަރުން ހިމެނޭ ގޮތަށް އީސީއަށް ގޮހެވެ. 

ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް ހުށައެޅުމަށްފަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ ޕާޓީގެ މަސައްކަތް ކުރަނީ މިހާރު ހިންގަމުންދާ މަޖިލީހުގައި އެމްޑީޕީން ނެގި ވަރަށް ގޮނޑި ނަގަންކަމަށެވެ. އަދި މި ސަރުކާރުން ހަދާފައިވާ ބޮޑެތި ދޮގުތައް ފަޅާ އަރާ ރައްޔިތުން ސަރުކާރާއި މެދު ކުރި އުއްމީދު މިހާރު ގެއްލިފައިވާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. 

19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށް ޕާޓީއަކުން ފުރަތަމަ ފަހަރަށް މަޖިލިސްގެ ސުޕާ މެޖޯރިޓީ ނަގާ ތާރީހުގެ ތެރެއަށް ވަދެފައެވެ.

your imageއެމްޑީޕީން މަޖިލީހަށް ވާދަކުރާ އަންހެން ކެންޑިޑޭޓުން ޕާޓީގެ އަންހެން ގޮފީގެ ރައީސް ރޮޒެއިނާއާ އެކު 

20 ވަނަ ރައްޔިތުން މަޖިލީހަށް 93 ދާއިރާއަކުން މެމްބަރުން ހޮވާއިރު އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރެއެވެ.އެމްޑީޕީން އިންތިހާބަށް އަންހެން 6 ކެންޑިޑޭޓުން ނުކުމެއެވެ. 

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބު މިހާރު ހަމަޖެހިފައިވާ ގޮތުން އޮންނާނީ އަންނަމަހުގެ 17 ވަނަދުވަހުއެވެ. އެއީ ރޯދަމަހުގެ 7 ވަނަދުވަހެވެ. 

ރޯދަމަސް ނިމޭތާ 10 ދުވަސްފަހުން ިއންތިހާބު ބާއްވަން ގާނޫނު އިސްލާހުކުރަން މަޖިލީހަށް ހުށައެޅި ބިލް އިއްޔެ ވަނީ 46 މެމްބަރުން ވޯޓާއި އެކު ފާސްކޮށްފައެވެ. އެހެންނަމަވެސް މި ގާނޫނަށް އަމަލުކުރަން ފެށޭނީ ރައީސް ބިލް ތަސްދީގުކުރެއްވުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް