ޑޮލަރު ލިބުން ދަތިވެ ބީއެމްއެލްއިން ޑޮލަރު ލިމިޓް 25 އަށް ކުޑަކުރަން އުޅޭ ކަމުގެ މައުލޫމާތު މީގެ ކުރިން ވަނީ ލިބިފަ އެވެ.
އެކަމާ ގުޅިގެން ބީއެމްއެއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ސީއެންއެމްއަށް ވިދާޅުވީ ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މުރާޖައާ ކުރަމުންދާ ކަމަށެވެ.
ސައީދު ވިދާޅުވީ އެ ލިމިޓް މުރާޖައާ ކުރަން ފަށާފައިވަނީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވި ދަތިކަކާ ގުޅުިގެން ކަމަށާއި، ނަމަވެސް މިހާތަނައް ބޭންކުން އާ ލިމިޓެއް ކަނޑަނާލާ ކަމަށެވެ. އަދި އާ ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީހެއް ވެސް ކަނޑައަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ޑެބިޓް ކާޑުން މިހާރު 250 ޑޮލަރު ނެގޭއިރު، ކްރެޑިޓް ކާޑު މެދުވެރިކޮށް ނެގެނީ 750 ޑޮލަރެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކާޑުތަކުން ނެގޭ ޑޮލަރުގެ ލިމިޓް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރާނެކަން ސަރުކާރުން ކުރިން އިއުލާންކުރި އެވެ. އެހެންނަމަވެސް ޑޮލަރު ތާށިކަން ބޮޑުވެ ސަރުކާރުންވަނީ އެ ނިންމުން ފަހުން ތަންފީޒުކުރަން ނިންމާފައެވެ.