ads
ކުށްތަކަށް އަރައިގަނެގެން މިހާތަނަށް 185 ބިދޭސީން ފޮނުވާލައިފި
ރައީސް މުއިއްޒު ގައުމާ ހަވާލުވެވަޑައިގެންނެވި ފަހުނ ތަފާތު ކުށްތަކަށް އަރައިގެން މިހާތަނަށް 185 މީހުން ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމާން ވަހީދު ވިދާޅު ވެއްޖެ އެވެ.

ހޯމްލޭންޑް މިނިސްޓްރީގެ ދާއިރާގެ އިދާރާތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު  ވިދާޅުވީ ޓާގެޓަޑް އޮޕަރޭޝަން ތަކުގައި ކުށްތަކަށް އަރައި ގަންނަ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އޭގެ ތެރެއިން ޑޮކިއުމަންޓާއި ޕާސްޕޯޓު ހުރި ފަރާތަށް ޑީޕޯޓް ކުރެވިފައިވާނެކަމަށެވެ. 

ޑީޕޯޓްކޮށްފައިވަނީ ބަންގްލަދޭޝްގެ 83 މީހަކާއި އިންޑިޔާގެ 43 މީހަކާއި ސްރީލަންކާގެ 25 މީހަކު، ނޭޕާލްގެ 8 މީހަކާއި ތައިލޭންޑުގެ 7 މީހަކާއި ޕްލިޕީންސްގެ 4 މީހަކާއި  ވެއިޓްނާމްގެ 8 މީހަކާއި   ބްރެޒިލްގެ 2 މީހުންނާއި އަދި ނައިޖީރިޔާގެ 3 މީހަކާއި ޕާކިސްތާން މީހަކާއި ރަޝިޔާ މީހަކާއި އަދި ލެޓްވިއަންގެ މީހަކު ހިމެނެ އެވެ. 

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ކުށް ތަކަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓް ކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ބިދޭސީންގެ މައްސަލަތަކާ ގުޅޭ ހުރިހާ އެޖެންސީއެއް މިހާރު އެއް މިނިސްޓްރީއެއްގެ ދަށަށް ގެނެސް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. 

ކުށްތަކަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފައި އެވެ.

އިހުސާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބިދޭސީން ގެނެވޭ މެކޭނިޒަމް ހަރުދަނާ ކުރާނެ ކަމަށެވެ. އަދި ބިދޭސީންގެ ގިނަ ބަޔަކު ރާއްޖޭގައި ހާލުގައި ޖެހިފައި އެބަތިބި ކަމަށާއި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކުރިއަށް އޮތް ތަނުގައި ވޮލެންޓަރީކޮށް ރާއްޖެ ދޫކޮށް ދިއުމަށް ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ކައުންސިލްތަކާއި ފުލުހުންނާއި ގުޅިގެން ރާއްޖޭގައި ތިބި ބިދޭސީންގެ ފިންގަ ޕްރިންޓް ދެނެގަތުމަށްޓަކައ، އެ ކަމަށް ބޭނުންވާ ސޮފްޓްވެއާ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް