މަލީހު ވިދާޅުވީ ރައީސް ޔާމީންގެ ތާއިދާއި އެކު ޕީއެންއެފްގެ ފިކުރުގައި މަޖިލީސް އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ ބައެއް ކެންޑިޑޭޓުންގެ ފޯމްތައް އީސީ އާ ހަވާލުކުރުން މިއަދު މެންދުރު ފަހު 13:00 ގައި ދަރުބާރުގޭގައި އޮންނާނެ ކަމަށެވެ.
ބައެއް ކެންޑިޑޭޓުން އަދި އެޖެންޓުންގެ ގާނޫނީ ފޯމް ޑީޖީއޭގައި ވާކަމަށާއި އެ ކެންޑިޑޭޓުންގެ ފޯމް ލިބުނުހާ އަވަހަކަށް އެ ފޯމްތައް ވެސް ހުށަހަޅާނޭކަމަށް މަލީހު ފާހަގަ ކުރެއްވި އެވެ.
މިއަދު 12:30 ފޯމް ހުށަހަޅުއްވާ ބޭފުޅުން ޕާޓީ އޮފީހުގައި ބައްދަލު ކުރައްވާނޭކަމަށާއި އެޔަށް ފަހު ފޯމްތައް ހުށަހަޅަން ދަރުބާރުގެއަށް ދާނޭ ކަމަށް މަލީހު ވިދާޅުވި އެވެ.
އަންނަ މަޖިލީހުގައި ވާދަކުރާ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން އިއްޔެވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައަޅާފަ އެވެ.
ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގައި ޕާޓީގެ ލީޑާޝިޕްގެ މެމްބަރުން ބައިވެރިވި އެވެ.
ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް ހުށައެޅުމަށްފަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ ޕާޓީގެ މަސައްކަތް ކުރަނީ މިހާރު ހިންގަމުންދާ މަޖިލީހުގައި އެމްޑީޕީން ނެގި ވަރަށް ގޮނޑި ނަގަންކަމަށެވެ. އަދި މި ސަރުކާރުން ހަދާފައިވާ ބޮޑެތި ދޮގުތައް ފަޅާ އަރާ ރައްޔިތުން ސަރުކާރާއި މެދު ކުރި އުއްމީދު މިހާރު ގެއްލިފައިވާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށް ޕާޓީއަކުން ފުރަތަމަ ފަހަރަށް މަޖިލިސްގެ ސުޕާ މެޖޯރިޓީ ނަގާ ތާރީހުގެ ތެރެއަށް ވަދެފައެ