ads
މިދިޔަ މަހުގެ އާމްދަނީ 3.6 ބިލިއަން ރުފިޔާއަށް , 102.7 މިލިއަނަކީ ޑޮލަރު
މިދިޔަ ޖެނުއަރީ މަހުގައި އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެންނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
Advertisement

މީރާއިން އާއްމުކުރި ހިސާބުތައް ދައްކާގޮތުން ދައުލަތަށް ލިބުނު އާމްދަނީންގެ ތެރޭގައި  102.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްކަމަށްވެސް އެ ހިސާބުތަކުން ދައްކައެވެ. 

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %5.7  އިތުރު އަދަދެއް ކަމަށާއި މިއީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.2  އިތުރު އަދަދެއްކަމަށް މީރާއިން ބުނެއެވެ. 

އާމްދަނީގެ ތަފްސީލު

• އިންކަމް ޓެކްސް- 1.68 ބިލިއަން ރުފިޔާ
• ޖީ.އެސް.ޓީ- 1.41 ބިލިއަން ރުފިޔާ
• ގްރީން ޓެކްސް- 99.56 މިލިއަން ރުފިޔާ
• އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ- 94.62 މިލިއަން ރުފިޔާ
• ޑިޕާރޗަރ ޓެކްސް - 92.23 މިލިއަން ރުފިޔާ
• އެހެނިހެން ޓެކުހާއި ފީ - 220.38 މިލިއަން ރުފިޔާ

ކޯޕަރޭޓް އިންކަމް ޓެކްސް، ޖީ.ޖީ.އެސް.ޓީ، ބޭންކް ޕްރޮފިޓް ޓެކްސް ގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމާއި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ރިޕޯޓްކޮށްފައިވާ އިންކަމް ޓެކްސް ލަޔަބިލިޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް މިދިޔަ އަހަރާއި އަޅައިބަލާއިރު %18.9 އިތުރުވުމަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އަށް ވުރެ 5.7 އިިންސައްތަ އިތުރު އާމްދަނީ އެއް ލިބުމަށް މެދުވެރިވި ސަބަބުތައް ކަމުގައި މީރާއިން ހާމަ ކުރެއެވެ.

މީގެ އިތުރުން ސުންގަޑިއަށް ފައިސާ ދައްކާފައިވާ މިންވަރު އިތުރުވުމާއި ގުޅިގެން މިދިޔަމަހު އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވުމުގެ އިތުރުން ކޮމާޝަލް ބޭންކުތަކުން މިމަހުގެ ތެރޭގައި ބޮޑު އިންޓެރިމް ޕޭމަންޓެއް ދެއްކި ކަމަށް މީރާއިން ހާމަކުރެއެވެ.

އަދި މިދިޔަ އަހަރުގެ ޖެނުއަރީގެ އާމްދަނީއަށް ބިނާކޮށް ޖީ.ޖީ.އެސް.ޓީގެ އައު ރޭޓަށް ފައިސާ ބަލައިގަންނަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. މި އަހަރުގެ ޖަނަވަރީ މަހު އައު ރޭޓުގައި ޖީ.ޖީ.އެސް.ޓީ ބަލައިގަނެފައިވާތީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މީރާއިން ބަލައިގަނެފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް