ads
އިހަވަންދޫ މަގުތައް ހަދަނީ، 6 މަސްތެރޭ ނިންމަނީ
ހއ. އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވާ ދެއްވީ ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ.  އަބްދު ﷲ  މުއްތަލިބާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރާއި އިހަވަންދޫ ކައުންސިލް ރައީސް އަހްމަދު ސޮބާހްއެވެ. 

މި މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 2022 ވަނަ އަހަރު އޭޕްރިލް މަހުގައެވެ. މި މަޝްރޫއުގެ ދަށުން އިހަވަންދޫގެ 15 މަގެއްގައި ތާރު އަޅައިގެން ހަދާނެއެވެ. އަދި މި މަސައްކަތް 6މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އާރުޑީސީގެ އަމާޒެކެވެ.

your imageއިހަވަންދޫ މަގުތައް ހަދަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުއްވާދެއްވަމުން ރައީސް ޑރ މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ މާލެ މަގުތަކުގެ އިތުރުން ހުރިހާ ސިޓީތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހައްދަވާނެކަމަށެވެ. ދެން ހުރި ރަށްތަކުގައި އާއްމުކޮށް އާއްމުން ބޭނުން ކުރާ ބޮޑެތި މަގުތައްވެސް ޒަމާނީ ފެންވަރަށް ހައްދަވާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް