ads
އޫރުމަހާއި ބަަނގުރާ ވިއްކާ ތަނެއްގައި މަސައްކަތް ކުރުން ހަރާމް: ފަތުވާ މަޖިލިސް
އޫރު މަހާއި ބަަނގުރާ ވިއްކާް ތަނެއްގައި މަސައްކަތްކުރުން ހަރާމްކަމަށް ބުނެ މީގެ 10 އަހަރު ކުރިން ނެރުން ފަތުވާއެއް އަނެއްކާވެސް ފަތުވާ މަޖިލީހުން އާންމުކޮށްފި އެވެ.

މީގެ 10 އަހަރު ކުރިން 2013 ވަނަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ނެރެފައިވާ އެ ފަތުވާގައި ބުނެފައިވަނީ ރާލާއި އޫރުމަސް އުފައްދާ, ވިއްކާ, މުއާމަލާތް ކުރާ އަދި ހިދުމަތް ދޭ ތަންތަނުގައި މުސްލިމަކު ވަޒީފާގެ ގޮތުގައި މަސައްކަތް ކުރުމަކީ ޒަރޫރީ ނުވަތަ މަޖުބޫރީ ހާލަތުގައި މެނުވީ ހުއްދަ ކަމެއް ނޫންކަމަށެވެ. 

ފަތުވާ މަޖިލީހުން ބުނީ އެފަދަ މަސައްކަތަކުން އާމްދަނީ ހޯދުމަކީ ހަރާމްކަމެއްކަމަށް ހުރިހާ އިލްމުވެރިން އިއްތުފާގުވާކަމަށާއި އެކަން އިސްތިސްނާވަނީ ދިރިއުޅުމަށް ކުރަން އެހެން މަސައްކަތެއް ލިބެން ނެތް ޒަރޫރީ ހާލަތްތަކުގައި އެކަނި ކަމަށެވެ. 

ފަތުވާ މަޖިލީހުން ބުނެފައިވަނީ އެ މަޖިލީހުން ބުރަވާ އެ ނިންމުމަކީ ކީރިތި ގުރްއާނުން އަދި ރަސޫލާ ﷺ ގެ ސުންނަތުންވެސް ސާބިތުވާކަމެއް ކަމެއް ކަމުގައެވެ. 

މި ފަތުވާ އަލުން ސަމާލުކަމަށް ފަތުވާ މަޖލީހުން ގެނެސްފައިވާއިރު ރާއްޖޭގެ މަސައްކަތު އާބާދީގެ 10 އިންސައްތަ މީހުން މަސައްކަތް ކުރަނީ ރިސޯޓުތަކުގައެވެ. ރިސޯޓްތަކުގައި މަސައްަތް ކުރާ ދިވެހިންގެ އަދަދު 15 ހާަށްވުރެ މަތީގައި ހުރިއިރު އޭގެ ބޮޑު އިންސައްތައަކީ ޒުވާނުންނެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް