ހަބަރު /
ގާނޫނީ ވަކީލަކު ކަނޑުމައްޗަށް ގެއްލިއްޖެ
25 ޑިސެމްބަރ 2019 - 23:20:41
ގާނޫނީ ވަކީލަކު ގެއްލިގެން ހޯދަމުން އެބަގެންދެއެވެ.

ގެއްލިގެން ހޯދަނީ ބ. ކެންދޫ ގާނޫނީ ވަކީލެއް ކަމަށްވާ އަބްދުﷲ އަލީއެވެ.
އޭނާ ގެއްލިގެން ހޯދަމުން ގެންދަނީ ރިޔަލު ދޯންޏެއްގައި ނުކުމެ އޭނާގެ ހަބަރެއް ނުވެގެނެންވެ.
ކެންދޫ ކައުންސިލްގެ ރައީސް އަހުމަދު ސަލީމް ސީއެންއެމްއަށް ވިދާޅުވީ، އަބްދުﷲ އަލީ ނުކުތީ ހަ ފޫޓުގެ ދޯންޏެއްގައި ކަމަށެވެ.
އޭނާ އެންމެ ފަހުން ފެނުނީ 5:30 ހާއިރު ކަމަށް ސަލީމް ވިދާޅުވިއެވެ.
އޭނާ ކަނޑުމައްޗަށް ނުކުތީ އެކަނި ކަމަށާއި، އޭނާ ދޯނީގައި ނުކުތީ ދޯނީ ޓެސްޓު ކޮށްލަން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މޫސުން އެހާ ގޯހެއް ނޫން. ހަވީރު އޮއި އޮތީ ތަންކޮޅެއް ބާރުކޮށް. ކުޑަކޮޅިގަނޑެއްވެސް އައި،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކައުންސިލާއި، އެރަށު ރައްޔިތުންނާއި ކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް