ads
ވޯލްޑް ގަވަމަންޓް ސަމިޓުގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ޒަމާނީ ޓެކްނޮލޮޖީއާއެކު އިގްތިސޯދު ކުރިއަރުވާނަން: ރައީސް
ޒަމާނީ ޓެކްނޮލޮޖީއާއެކު އިގްތިސޯދީ އަދި އުމްރާނީ ތަރައްގީ ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޔޫއޭއީގައި ކުރިއަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އުފެއްދުންތެރިކަން އިތުރު ކުރުމަށާއި ވިޔަފާރިގެ މައިދާނުގައި ފުރުސަތުތައް ފަހި ކޮށްދިނުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެއްވުމުގެ ތަސަވުރަށް އަލިއަޅުއްވާލައްވާފަ އެވެ.

ރައީސް ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންގެ އުފެއްދުންތެރިކަމާއި ވިޔަފާރިއަށް ވެސް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އަންހެނުންނާއި ޒުވާނުން އެ މައިދާނުގައި ހާއްސަ ސަމާލުކަމެއް ދެއްވައި އެ ފަރާތްތަކުގެ ހުވަފެން ހަގީގަތަކަށް ހަދައިދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ. 

މީގެއިތުރުން ރާއްޖޭގެ އިގްތިސޯދުގެ ތަނބު ކަމަށް ވާ ފަތުރުވެރިކަމުގެ ސިނާޔަތް އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް ސްޕޯޓްސް، އެޑިއުކޭޝަން އަދި ވެލްނަސް ޓޫރިޒަމް ތައާރަފު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އެ ސަމިޓުގައި ރައީސް އިތުރަށް ވިދާޅުވީ ތަރައްގީގެ މަސައްކަތް ބައްޓަންކުރަން ޖެހޭނީ އަވަށްޓެރި އެހެނިހެން ގައުމުތަކަށް ވެސް ފައިދާ އާއި ކުރިއެރުން ލިބޭނެ ފަދަ ގޮތަކަށް ކަމަށާއި، ތަރައްގީ ފުރިހަމަ ވާނީ އޭރުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް