ދެވަނަ ޑިވިޝަނުގައި ދެ އަހަރު ކުޅެ، ފުރަތަމަ ޑިވިޝަނުން ފުރުސަތު ނުލިބުނު ނިއުގެ ޗެއާމަންކަމުގެ މަގާމަށް ވާސިފް އިންތިހާބުކުރީ 2022 ވަނަ އަހަރުއެވެ. ވާސިފްގެ ޗެއާމަންކަމުގެ ދަށުގައި ނިއުއަށް ފުރަތަމަ ޑިވިޝަނަށް ނޭރުނަމަވެސް، ސަސްޕެންޝަންގައި އޮތް ނިއުރޭޑިއަންޓް އަލުން ކުޅުމުގެ ތެރެއަށް ގެނައީ ވާސިފްގެ ޗެއާމަންކަމުގެ ދަށުގައެވެ.
ވާސިފް ސޯޝަލް މީޑިއާގައި ވިދާޅުވީ، ދެ ފަހަރު ފެއިލްވެއްޖެ ކަމަށެވެ. އެހެންކަމުން ތިން ވަނަ ފަހަރު ނިކުންނަން ވާނީ އައު ޗެއާމަނަކާއެކު ކަމަށް ވާސިފް ވިދާޅުވިއެވެ. އިތުރަށް ވާސިފް ވިދާޅުވެފައި ވަނީ ކަންކަން ހަމަޔަކަށް އެޅުވުމަށްފަހު، ޗެއާމަންކަމުން ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ހަމައެއާއެކު، އަބަދު ވެސް ހުންނާނީ ނިއުގެ ފަހުރުވެރި ސަޕޯޓަރެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.