ads
މިނިސްޓަރ ރާފިއު
ރަސްދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ
މި އަހަރުތެރޭ ރަސްދޫގައި އިންޑޯ ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރަސްދޫގައި މި އަހަރު އިންޑޯ ކޮމްޕްލެކްސްއެއްގެ މަސައްކަތް ފަށްޓަވާނެކަން މިނިސްޓަރު އިއުލާން ކުރެއްވީ، ރަސްދޫ ކްލަބް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

ވަޒީރު ވިދާޅުވީ ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ކުރިއަށް ގެންދާއިރު އިންޑޯ ކޮމްޕްލެކްސްތައް ހުރުމަކީ މުހިއްމުކަމެއްކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭ އެރަށުގައި އިންޑޯ ކޮމްޕްލެކްސްއެއް ތަރައްގީކުރައްވާނެކަމަށް ވިދާޅުވިއެވެ.

"އައުޓްޑޯ މުބާރާތެއް ކުރިއަށްދާއިރުގައި ވާރޭ ވެހެން ފަށައިފިިއްޔާ ދެން ޖެހެނީ މުބާރާތް ހުއްޓާލަން. މިހާރުވެސް މަސައްކަތް ކުރަނީ މުބާރާތްތައް ރާއްޖޭގެ ރަށްރަށުގައި ނުވަތަ އަތޮޅުތަކުގައި ބާއްވަން. މިއޮތް ހުރިހާ ދުވަހަކުވެސް ކުޅިވަރަކީ އަމިއްލައަށް ޚަރަދުކުރާ ކަމެއްގެ ގޮތުގައި މިވަނީ. ނަމަވެސް މިކަން އެބަޖެހޭ ބަދަލުވާން." ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

ސްޕޯޓްސް ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްގީކުރާ ތަންތަނެވެ. އަދި މި ތަންތަން ތަރައްގީކުރަނީ އެފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅި ބަލަން ވަންނަ މީހުންނަށް ފަސޭހައިން ތިބެވޭނެ އިންތިޒާމްތަކާއެކުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް