ads
ޖާބިރުގެ ފޯމު އޭނާގެ ބޭފުޅުން އީސީއަށް ހުށައަޅަނީ
އަމިއްލަ ގޮތުން ވާދަކުރަން ޖާބިރުގެ ފޯމު އީސީއަށް
ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރުމަށް އެދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ޖާބިރު ފޯމު އިލެކްޝަންސް އަށް ހުށައަަޅައިފިއެވެ. އެންމެފަހުން އަމިއްލަ ގޮތުން ވާދަކުރަން ޖާބިރު ފޯމުލައިފި

ޖާބިރުގެ ފޯމް ކޮމިޝަނާއި ހަވާލުކުރީ އޭނާގެ ދެ ބޭފުޅުންކަމަށްވާ އައިމިނަތު ޖާބިރާއި މުހައްމަދު ޖާބިރެވެ. 

އެމްޑީޕީން ޕްރައިމެރީން ކާށިދޫ ދާއިރާގެ ޓިކެޓް ލިބުނީ މިހާރުވެސް އެދާއިރާ ތަމްސީލުކުރައްވާ އަބްދުﷲ ޖާބިރަށެވެ. އެހެންނަމަވެސް އަނގަ ހަޑިވެ ބޭ އަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ އެ މައްސަލަ ބެލުމަށްފަހު ޖާބިރު އެމްޑީޕީން ވަނީ ވަކިކޮށްފައެވެ. އެހެންވެ ޖާބިރަށް ވަނީ ޕާޓީގެ ޓިކެޓް ގެއްލިފައެވެ. 

ޖާބިރުގެ ބަދަލުގެ ކާށިދޫ ދާއިރާގެ ޓިކެޓް އެމްޑީޕީން މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީއެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވާ އަބްދުﷲ ނަސީރުއަށެވެ. އޭނާ ވަނީ މިދިޔަ ސަރުކާރުގައި ހައްޖު ކޯޕަރޭޝަންގެ ބޯޑުގެ ޗެއާމަންކަންވެސް ކުރައްވާފައެވެ.  

ޖާބިރުގެ ދަރިކަލުން އަހްމަދު މުއާޒުވެސް އެމްޑީޕީ ޓިކެޓްގައި އަންނަ މަޖިލީހަށް ވާދަކުރެއެވެ. އޭނާ ނުކުތީ އދ. މަހިބަދޫ ދާއިރާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް