ads
މިހާތަނަށް 295 މީހުން، މިއަދު ފަހު ދުވަސް
އަންނަ ރައްޔިތުން މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވާނެއެވެ.

މަޖލީހަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 295 މީހަކުން ވަނީ ނަން ހުށައަޅާފައެވެ. އިއްޔެ އެކަނިވެސް 112 މީހަކު ނަން ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

މަޖިލީހުގައި ވާދަކުރަން ނަން ހުށައަޅަން ހުޅުވާލި ފުރުސަތު މިއަދުގެ 14:00 އަށް ހަމަވާނެއެވެ. އިންތިހާބު ބާއްވަންޖެހޭ ދުވަހަށް ބަދަލު އައިނަމަވެސް ކުރިމަތިލުމަށް ދިން މުއްދަތު އިތުރުނުކުރާނެކަމަށް އިލެކްޝަނޕުން ވަނީ ބުނެފައެވެ. 

your imageމަޖިލީހަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން 

ޕާޓީތަކުން ވާދަކުރާނެކަމަށް ބުނި ގޮތް 

  • އެމްޑީޕީން / ނިލަންދޫ ދާއިރާ ފިޔަވާ ހުރިހާ ދާއިރާއަކަށްް 
  • ޕީޕީއެމް/ ޕީއެންސީ ކޯލިޝަން 3 ދާއިރެއް ފިޔަވާ ހުރިހާ ދާއިރާއަކަށްް 
  • ޑިމޮކްރެޓްސް 40 ވުރެ ގިނަ ދާއއިރާ 
  • އަދާލަތުން 4 ދާއިރާ
  • ރައީސް ޔާމީންގެ ތާއިދާއެކު 40 ދާއިރާއަކަށް 

your imageމަޖިލިހަށް އަދާލަތުން ވާދަކުރާ 4 ކެންޑިޑޭޓުން 

ފޯމު ހުށައެޅުމުގެ މުއްދަތު ހަމަނުވާތީ ޕާޓީތަކުން ކުރިމަތިލާ އަދަދުތައް އަދި މުޅިން ޔާގީންކޮށް ނޭގެއެވެ. ބޮޑެތި ޕާޓީތަކުގެ އިތުރުން ޕާޓީތަކުގެ ބައެއް ލީޑަރުންވެސް ވާދަކުރަން ވަނީ ނިންމާފައެވެ. އޭގެތެރޭގައި މިހާރު މާމުގިލި ދާއިރާ ތަމްސީލު ކުރައްވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ދ. މީދޫ ދާއިރާ ތަމްސީލުކުރައްވާ އެމްޑީއޭގެ ލީޑަރ އަހްމަދު ސިޔާން މުހައްމަދާއި ދަނގެތީ ދާއިރާ ތަމްސީލުކުރައްވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ހިމެނއެވެ. ގާސިމާއި ސިޔާމް ވާދަކުރައްވަނީ މިހާރުވެސް އެ މެމްބަރުން ތިއްބެވި ދާއިރާތަކަށެވެ. ނާޒިމް މި ފަހަރު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާއަށެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާދަކުރައްވަނީ މަކުނުދޫ ދާއިރާއަށެވެ. 

your imageރައިސް ޔާމީންގެ ތާއީދާއެކު ވާދަކުރާ ބައެއް ކެންޑިޑޭޓުން 

އަންނަ މަޖިލީހަށް ވާދަކުރައްވާ މެމްބަރުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގައި މީގެކުރިން މެމްބަރުކަން ކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުން ހިމެނެއެވެ. އޭގެތެރޭގައި މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްވެސް ހިމެނިވަޑައިގަންނަވައެވެ. 

އަންނަ މަޖިލީހުގެ އިންތިހާބު އޮންނާނެ ދުވަހަކާއި މެދު އޮތީ ސުވާލެއްގެ ތެރޭގައެވެ. މިހާރު ތާވަލުކުރެވިފައިވާ ގޮތުން އިންތިހާބުން އޮންނާނީ އަންނަ މަހު ފެށޭ ރޯދަމަހުގެ 7 ވަނަދުވަހުއެވެ. އެއީ މާރިޗު 17 އެވެ. އެހެންނަމަވެސް ރޯދަ މަސްނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ރައްޔިތުން މަޖލީހުން ވަނީ ފާސްކޮށްފައެވެ. މަޖލީހުގެ ނިންމުމާއި އެއެްގޮތަށް އިންތިހާބު ފަސްވާނީ މަޖިލީހުގެ ނިންމުންް ރައީސް ތަސްދީގުކުރެއްވުމުންނެވެ. 

ރޯދަމަހު އިންތިހާބު ބާއްވާތީ ސަރުކާރު ކޯލިޝަން ފިޔަވާ ދެން ހުރި ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަބަބެއްކަމަށް ބުނަނީ ގިނަ ބަޔަކު ވޯޓްލާން ނުނުކިމެ ވޯޓާސް ޓާންއައުޓް ދަށްވާނެތީއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް