23 މެމްބަރުން ސޮޔާއި އެކު އަސްލަމާއި ސަލީމްގެ އިތުބާރު ނެތް މައްސަލަ މަޖލީހަށް ސަރުކާރު ހިންގާ ކލިޝަން ޕީޕީއެމް / ޕީއެންސީ ހުށައެޅީ މިދިޔަ މަހުގެ 28 ގައެވެ. މި މައްސަލަ މަޖިލީހަށް ހުށައެޅު ރިޔާސީ އިންތިހާބު ދުވަސްވަރު އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅުން މިހާރުގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ.
ސަރުކާރު ކޯލިޝަނުން މި މައްސަލަ އަނބުރާ ނަގާފައި މިވަނީ މައްސަލަ އެޖެންޑާކުރުމަށް އަސްލަމާއި ސަލީމަށް މިމަހުގެ 4 ވަނަދުވަހު ނޯޓިސްވެސް ފޮނުވާފައިވަނިކޮށެވެ.
މަޖލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ މިވަގުތު ކުރިޔަށް ގެންދަން ބޭނުންނުވާކަން ސަރުކާރު ކޯލިޝަނުން މަޖިލީހަށް އެންގީ އިއްޔެއެވެ. އަދި އެގޮތަށް އަންގާފައިވަނީ 15 މެމްބަރުންގެ ސޮޔާއި އެކު ފޮނުވި ސިޓީއެއްގައެވެ.
މަޖިލީހުގައި މިހާރު މެމްބަރުން ބެހިފައިވާ ގޮތް
- އެމްޑީޕީ 42 މެމްބަރުން
- ޕީއެންސީ 16 މެމްބަރުން
- ދި ޑިމޮކްރެޓްސް 13 މެމްބަރުން
- ޕީޕީއެމް 2 މެމްބަރުން
- އެމްޑީއޭ 2 މެމްބަރުން
- ޖޭޕީ 2 މެމްބަރުން
- އަމިއްލަ މެމްބަރުން 3
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް މައްސަލ ހުށައެޅަން ސަރުކާރު ކޯލިޝަން މެމްބަރުންގެ އިތުރުން ދެން ސޮއިކުރެއްވީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ.
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ އެކު މަޖިލީހުގައި ހިނގި ހަމަ ނުޖެހުންތަކުގެ ތެރެއިންނެވެ.
އިތުބާރު ނެތް ކަމުގެ ގަރާރުގައި ބުނެފައިވަނީ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އަސްލަމާއި ސަލީމް އަމަލު ކުރައްވާފައިވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފުވެފައިވާ ކަމަށެވެ.