ads
"ފަންނީ އުފާ" ހަރަކާތް ހުކުރު ދުވަހު ފަށަނީ
ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށްގެންދާ "ފަންނީ އުފާ" ހަރަކާތް ހުކުރު ދުވަހު ފަށަން ނިންމައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ މިކަމަށް ހާއްސަކޮށް ސޯޝަލް ސެންޓަރުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ޕްރެސްކޮންފަރެންސްގައި "ފަންނީ އުފާ"ގެ ލޯގާ ވަނީ ދައްކާލާފައެވެ.

ފަންނީ އުފާއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ފަންނުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށް އަދި އެފަރާތްތަކުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި 20:30 އިން 23:00 އަށް ސޯޝަލް ސެންޓަރުގައެވެ.

މި ޕްރޮގްރާމަކީ މުޖުތަމައުގައި މިހާރު ނެތުމުން އަންނަ ދިވެހި ސަގާފަތް ކުރިއަރުވައި އާލާކުރުމަށްޓަކައި އެކުވެރި އުފާވެރި މާހައުލެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

ޔޫތް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންނަށް ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބިގެންދާނޭ ކަމަށާއި ޒުވާނުންގެ ހުނަރު ދައްކާލުމަށް ވަރަށް ބޮޑު ޕްލެޓް ފޯމެއް ލިބިގެން ދިއުމުގެ އިތުރުން ޒުވާނުން އެއްތަނަކަށް އެއްވެލާ މަޖާ، ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ފުރުސަތު ލިބިގެންދާނޭ ކަމުގައެވެ.

މިއީ ސިލްސިލާކޮށް ކޮންމެ މަހަކު އެއް ފަހަރު އޮންނަ ހަރަކާތެއެ ކަމަށާއި މި ހަރަކާތް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ވާކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް