އެސްޓީއޯއިން ބުނީ އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ޖެނެރަލް ކޮންސްޓްރަކްޝަން މުދާ ވިއްކާ، އަދި ހާޑްވެއާ ޝޯރޫމެއް ނުވަތަ ފިހާރައެއް ހުންނަ ފަރާތްތަށް ކަމަށެވެ.
އޭޖެންޓުންނަށް ހޮވޭ ފަރާރްތަކުގެ މަސައްކަތަކަށް ވާނީ އެ ކުންފުނިން ވިއްކާ މަކިޓާ ޕަވާ ޓޫލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ ރަށްތަކުގައި ވިއްކުމުގެ ހިދުމަތް ދިނުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވާ ރަށްތައް:
މީގެން ކޮންމެ ރަށަކުން ދެ އޭޖެންޓުން ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 14 މާޗް 2024 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން [email protected] އީމެއިލް އެޑްރެސް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުމަށް އެސްޓީއޯއިން ވަނީ އެދިފަ އެވެ.
މީގެއިތުރުން ފޯމް ހުށަހަޅާއިރު، އެޖެންޓަކަށް ވުމަށް އެދޭ ރަށުގެ ނަން ހިމަނައި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ޖެހޭން ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން ބުނީ އޭޖެންޓަކަށް ވުމަށް އެދި ހުށަހަޅާ ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް (ސީޓްރެކް ބިލްޑިން) އާއި އެ ކުންފުނީގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށެވެ.