ނައިފަރުން ކަރަންޓު ކެނޑޭވަރުން އެ ކައުންސިލުން މިމަހުގެ 1 ވަނަދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރަށުގެ އާބާދީއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަށް މައްސަލައެއް ޖެހިއްޖެނަމަ މުޅި ރަށުން ކަރަންޓް ކެނޑުން މިހާރު އާއްމުކަމަށް ވެފައިވާކަމަށެވެ.
ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަށް ހައްލެއް ހޯއްދާދިނުމަށް އެ ރަށަށް ކަރަންޓް ދޭ ފެނަކައިން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށްބުނެ ކައުންސިލުން ވަނީ ފެނަކައަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ފެނަކައިން ނައިފަރަށް ގެންދިޔަ ޖަނަރޭޓަރު ރަށަށް ބާލަނީ
ފެނަކައިން މިއަދު ބުނީ ނައިފަރަށް 600 ކިލޯވޮޓްގެ ޖަނަރޭޓަު ސެޓެއް ގެންގޮސްފައިވާކަމަށެވެ. އަދި 2500 ކިލޯވޮޓްގެ ޓްރާންސް ފޯމަރެއްވެސް އެރަށަށް ގެންގޮސް ބެހެްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.