ads
ގުޅިީ ފަޅު ހިއްކުން ހުއްޓުވުމަށް ކުރި އަމުރަށް ނަޝީދުގެ މަރުހަބާ
ގުޅިީ ފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށް ހައިކޯޓުން މިއަދު ކުރި އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
Advertisement

ގުޅީ ފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލަން ހައި ކޯޓުން އަމުރު ކުރީ އެ މަޝްރޫއުއިން ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގުޅީ ފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާތީ އެ މަސައްކަތް ހުއްޓުވުމުން އެ ނިންމުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ގުޅިފަޅު ހިއްކުމަށް ފަސް ނެގުމުގެ ސަބަބުން ކައިރި ހިސާބުތަކުގެ ފަރުތަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ހައިކޯޓުން މިއަދު ކުރި އަމުރުގައި ވަނީ އެ މަޝްރޫއު ހުއްޓުވަން ވަގުތީ އަމުރު ނުނެރިފި ނަމަ މައްސަލަ ހުށަހެޅި ފަރާތާއި، އާންމުންނަށާއި އަންނަން އޮތް ޖީލުތަކަށް ވެސް އެކަމުގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

ގުޅީފަޅުގެ މަޝްރޫއުގެ ދަށުން ހިއްކަން ނިންމާފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް