ads
ފޮޓޯ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ބާޒާރުގައި މަދުވަމުންދާ ކާބޯތަކެތީގެ ޝިޕްމެންޓެއް ގެނަސްފި
ބާޒާރުގައި މިހާރު ހުސްވަމުންދާ ތަރުކާރީއާއި މޭވާގެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާކަމަށް އެމްޕީއެލުން ބުނެފި އެވެ

އެމްޕީއެލުން ބުނިގޮތުގައި އަލަށް ގެނެސްފައިވާ ޝިޕްމަންޓުގައި މިވަގުތު ރާއްޖޭގެ ބާޒާރުގައި އެންމެ ހަލުވިކަމާއެކު މަދުވަމުންދާ ތަކެތީގެ ތެރެއިން، ފިޔާ، އަލުވި، ބިސް، ކެބެޖު، ޓޮމާޓޯ، ދޮންކެޔޮ އަދި އަލަނާސި ހިމެނޭކަމަށެވެ.

މި ޝިޕްމެންޓްގައި ގެނެސްފައި ވަނީ 5،250 ކޭސް ބިހާއި 6،000 ބަސްތާ ފިޔާގެ އިތުރުން 1،580 ބަސްތާ އަލުވި އާއި 840 ބަސްތާ ކެބެޖާއި 1،246 ގަޑު ދޮންކޭލާއި 444 ކޭސް އަލަނާސިއާއި، 684 ކޭސް ޓޮމާޓޯކަމަށް އެމްޕީއެލުން ބުނެއެވެ.

މި ޝޕްމަންޓް ރާއްޖެ އައިސްފައި ވަނީ މާޗް 27 އަދި 28 ވަނަ ދުވަހު ކަމަށާއި މި ތަކެތި ވަރަށް އަވަހަށް ޕޯޓުން ދޫކުރަން ފަށާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

ރާއްޖެއަށް މުދާ އެތެރެކުރުމަށް ގިނަ ދަތި ތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި މޯލްޑިވިއަން ކާގޯ އިން ވެސް ވަނީ ތަރުކާރީ އާއި މޭވާ ހިމެނޭ ގޮތަށް 10 ޓަނުގެ މުދާ ރާއްޖެ ގެނެސްފައެވެ. އަދި ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް ހުއްޓާލާފައި ވުމުން، ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމުގައި އެހީތެރިވުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ޗާޓާޑް ފްލައިޓްތައް ހަމަޖެއްސުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މީގެ އިތުރުން މާޗް 31 ވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއާލައިނުން ވެސް ރާއްޖެއަށް މުދާ ގެނައުމަށް ޗާޓާޑް ފްލައިޓްތައް ފަށާނެއެވެ.

ރާއްޖޭގެ ބާޒާރުގައި ފިޔާ، އަލުވި އަދި ބިހުގެ އަގު އުފުލެމުން ދާތީ، އެސްޓީއޯ އިން ވަނީ މިތަކެތި ކޮންޓްރޯލްކޮށްގެން ވިއްކަން ފަށާފައެވެ. އެގޮތުން އެސްޓީއޯ އިން ފިޔައި އަދި އަލުވި ކިލޯއެއް ވިއްކަނީ 12 ރުފިޔާ އަށް މީހަކަށް ކިލޯއެކެވެ. އަދި ބިސް ވިއްކަނީ އެއް ރުފިޔާ ފަންސާސް ލާރިއަށް ބިހެއްގެ ރޭޓުން މީހަކަށް ބިސް ޓްރޭއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް