ގަލޮޅު ދަނޑުގައި ހަމަނުޖެހުން ހިންގީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތު ގައި ވިކްޓްރީ އާއި ކުޑަ ހެންވޭރު ބައްދަލު ކުރި ކުއާޓާ ފައިނަލް މެޗުގެ ތެރެއިންނެވެ. އެ މެޗުގެ ވަކި ހިސާބަކުން ފަނިވެ، މެޗު ހުއްޓާލިއިރު މެޗުގެ ބާކީ ބައި ކުޅެން ކުޑަ ހެންވޭރުން ބޭނުމެއް ނުވިއެވެ.
އެ މެޗު ނިމެން އަށެއްކަ މިނެޓަށް ވެފައި ވަނިކޮށް ވިކްޓްރީގެ ބިދޭސީ ކުޅުންތެރިޔާ އެނަޓޮލީ، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމުގެ ގައިގައި ގަސްތު ގައި ފައިން ޖެހުމުން ދިނުމުން ސަޕޯޓަރުން ވަނީ ދަނޑަށް އަރާ އޭނާއަށް ހަމަލާ ދީފައެވެ. އެނަޓޮލީ، ހާޒިމްގެ ގައިގައި ފައިން ޖެހީ އޭނާއަށް ފައުލު ކުރުމާއި ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން ވަކިވަކިން 10 މީހަކު މިހާތަނަށްވަނީ ހައްޔަރުކޮށްފައެވެ.