އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިރޭ ކުރި އިއުލާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ނެގުމަށް އެދޭ ފަރާތްތަކަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
އީސީން ބުނީ ނަން އަނބުރާ ނެގުމަށް އެދޭ ފަރާތްތަކުން 16 ފެބްރުއަރީ 2024ވާ ހުކުރު ދުވަހުގެ 14:00ގެ ކުރިން ފޯމު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.
އިންތިހާބުގައި ވާދަކުރަން މިދިޔަ މަހުގެ 31 ވަނަދުވަހު ހުޅުވާލި ފުރުސަތު ހަމަވީ މިއަދު 14:00 ޖެހިއިރުއެވެ.
ގަޑި ހަމަވިއިރު 380 ފޯމު ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެތެރެއިން ބައެއް ފޯމް ފަހަރުގައި ރިޖެޓްވުން އެކަށީގެންވާތީ މަޖލީހަށް ކުރިމަތިލީ ސީދާ އަދަދު އަދި ބުނަން ނޭނގޭކަމަށެވެ.