ads
މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 294،000 އަށް: ޗައިނާ އެއްވަނައިގައި
ރާއްޖެއަށް މިއަހަރު މިހާތަނަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 294،923 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން މިހާތަނަށް 40،892 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފަވެއެވެ.

ނިމި ދިޔަ 2023 ވަނަ އަހަރު ޗައިނާ އޮތީ މި ލިސްޓުގެ ތިން ވަނައިގައެވެ.

ދެ ވަނައަށް އޮތް ރަޝިޔާއިން 28،973 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2023 ވަނަ އަހަރުވެސް އެގައުމު އޮތީ މި ލިސްޓުގެ ދެވަނައިގައެވެ.

ތިން ވަނައަށް އޮތް އިޓަލީން ރާއްޖެއަށް ޒިޔާރަތްކުރީ 27،552 ފަތުރުވެރިންނެވެ.

ނިމިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިންޑިއާ އޮތީ ލިސްޓުގެ ފަސް ވަނަ އަށް ވެއްޓިފައެވެ. އިންޑިއާއިން ޒިޔާރަތްކުރީ 20،900 ފަތުރުވެރިންނެވެ.

އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ކުއްލިއަކަށް މިހާބޮޑަށް ދަށްވެފައި މިވަނީ ދެގައުމުގެ ދޭތެރޭ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް