ads
ޕެޓް ކެއާ ފެސިލިޓީގެ އިމާރާތް އިމާރާތް ކުރަހައިދޭނެ ފަރާތެއް ހޯދަނީ
އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ފަރުވާދީ ގެންގުޅެން އިމާރާތްކުރާ " ޕެޓް ކެއާ ފެސިލިޓީީ " ކުރަހާދޭނެ މީހަކު ހޯދުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ދިން މުއްދަތު އިތުރުކޮށްފިއެވެ.
Advertisement

މި އިމާރާތް ކުރަހާދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ މިނިސްޓްރީން އިއުލާންކުރީ މިމަހުގެ 6 ވަނަދުަވަހުއެވެ. 

އެ އިދާރާއިން ދޭ ޑްރާފްޓް ފްލޯޕްލޭނާއި މައުލޫމާތު ކަރުދާހާ އެއްގޮތަށް ފެސިލިޓީގެ އިމާރާތުގެ އާކިޓެކްޗަރަލް ސްޓްރަކްޗަރަލް ކުރެހުންތައް ތައްޔާރުކުރުމާއި ޔޫޓިލިޓީއާ ގުޅޭ ސާވިސް ކުރެހުންތައް ތައްޔާރު ކުރުމާއި އިމާރާތްތަކުގެ ކުރެހުންތަކާއި، އަދި ޔޫޓިލިޓީއާ ގުޅޭ ސާވިސް ކުރެހުންތަކުގެ މައްޗަށް ބިނާކޮށް އިމާރާތުގެ އެސްޓިމޭޓެޑް ޕްރައިޒްޑް ބީއޯކިއު ތައްޔާރުކުރުމުގެ އިތުރުން މަސައްކަތްތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުމެވެ.

މިނިސްޓްރީއިން ނެރުނު އިއުލާނުގައި ވަނީ މިކުރެހުންތަކާއި ސްޕެސިފިކޭޝަންތަކަކީ ސަރުކާރުގެ އިމާރާތް ކުރުމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ ފެންވަރުގެ ލިޔެކިޔުންތަކަކަށް ވާންޖެހޭނެ ކަމަށާއި ލައިސަންސް ލިބިފައިވާ ސްޓްރަކްޗަރަލް އިންޖިނިއަރަކާއި އާކިޓެކްޗަރެއް ކުރެހުންތައް ޗެކުކޮށް، އެފަރާތުގެ ތައްގަނޑު ކުރެހުންތަކުގައި ޖަހަންވާނެކަމަށެވެ.

މިކަމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 20 ވަނަ ދުވަހުގެ 11:00 އަށް ކަމަށް އެ އިދާރާއިން ނެރުން އިއުލާނުގައި ވެއެވެ. 

ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން ހަތް ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 ގައި ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެއެވެ.

މިނިސްޓްރީ އިން ޕެޓް ފެސިލިޓީގެ މަސައްކަތް ކުރަމުން އަންނައިރު ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރެއް އެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެ ސެންޓަރު އެޅުމަށް ބޭނުންވާ ބިން ވަނީ އެ ކައުންސިލާއި ހަވާލުކޮށްފައެވެ. ބުޅާތަކަށް ހާއްސަ ޝެލްޓާ ނިމޭއިރު، ބުޅާތަކަށް ހާއްސަ ހޮޓަލާއި ޕާކް އަދި ފިހާރަ ހުންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް