ads
ފޮނަދޫގައި ހިންގި ފެޝަން ޑިޒައިން އެންޑް ޓެއިލަރިން ޕްރޮގުރާމު ނިންމާލައިފި
ލ. ފޮނަދޫގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހިންގި ފެޝަން ޑިޒައިން އެންޑް ޓެއިލަރިން ޕްރޮގުރާ ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ޖުމްލަ 30 ފަރާތެއް މި ޕްރޮގުރާމުގައި ބައިވެރިވެފައިވާއިރު މި ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ ޖުމްލަ 27 ބައިވެރިންކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. 

ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރުއެވެ.

 އެ އިދާރާއިން ބުނީ މި ޕްރޮގުރާމަކީ 15 ހަފްތާގެ މުއްދަތަށް ކުރިއަށްދިޔަ ޕްރޮގުރާމެއްކަމުގައި އެވެ.

your imageފޮނަދޫގައި ހިންގި ފެޝަން ޑިޒައިން އެންޑް ޓެއިލަރިން ޕްރޮގުރާމުގެ ތެރެއިން ފޮޓޯ:ޔޫތް މިނިސްޓްރީ

މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޖޫން އިން ނޮވެމްބަރުމަހުގެ ނިޔަލަށެވެ. 

މި ޕްރޮގުރާމަކީ ކޮމިޔުނިޓީ އަޕްސްކިލިން ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ހިންގި ޕްރޮގުރާމެއްކަމަށް އެ އިދާރާއިން ބުނެއެވެ. 

ކޮމިޔުނިޓީ އަޕްސްކިލިން ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއްކަމަށް އެ އިދާރާއިން ބުނެއެވެ 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް