ads
ޒަކާތް ހައުސްއިން ހއ،ހދ، އަތޮޅުގެ ރައްޔިތުންނައް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގަނީ
ޒަކާތް ހައުސްއިން ރައްޔިތުން ހޭލުންތެރިކުރުވަން ހިންގާ ޕްރޮގްރާމް ބޮޑު ތިލަދުންމަތީގައި ފަށައިފިއެވެ

މި ޕްރޮގްރާމްގެ ފުރަތަމަ ކުރިޔަށްދާނީ ހދ. ކުޅުދުއްފުށްޓާއި އެއަތޮޅު ނޮޅިވަރަމްގެ އިތުރުން ހދ ގެ ދެ ރަށްކަމަށްވާ ދިއްދޫއާއި ކެލާގައެވެ. މި ޕޮރްގްރާމް ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށެވެ. 

މި ޕްރޮގްރާމުގައި ބާއްވާ ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އޮފިޝަލުންނެވެ. އަދި މި ޒަކާތު ނަފާއިން އެހީ ލިބުނު ފަރާތްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރާނެކަމަށް އިސްލާމީ ކަންތަައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.  

ޒަކާތު ހޭލުންތެރިކަން ޕްރޮގްރާމް ތިލަދުންމަތީގައި ރޭވިފައިވާގޮތް 

  • 15 ފެބްރުއަރީ ހދ.ކުޅުދުއްފުށި
  • 15 ފެބްރުއަރީ ހދ.ނޮޅިވަރަމް
  • 16 ފެބްރުއަރީ ހއ.ކެލާ
  • 17 ފެބްރުއަރީ ހއ. ދިއްދޫ 

ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި "ޒަކާތުގެ ހައުސް" ގެ އިދާރާއެއް އުފެއްދެވީ މިއަހަރުގެ 2 ވަނަދުވަހުއެވެ. 

މި އިދާރާއިން ފުރަތަމަ މަހު ފައިސާ ބެހި ގޮތުގައި ތާފާސް ހިސާބުތަކުން ދައްކާ ގޮތުން މިިދިޔަ މަހުގ 65 މީހަކަށް އެހީގެ ގޮތުގައި -/794،120.50 ރުފިޔާ ވަނީ ހަމަޖައްސާފައެވެ. މީގެތެރެއިން -/441،012 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް