ads
މާފުށިން ހިއްކަން ވައުދުވި ބިން ވަރަށް އަވަހަށް ހިއްކަން ފަށާނަން: ރައީސް
މާފުށިން އަލުން ހިއްކަން ވައުދުވި ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން ކުރިޔަށް ގެންދާ "ރައީސްގެ ޖަވާބު"ގައި މާފުއްޓަށް ނިސްބަތްވާ އަޙްމަދު ސަމީރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ސަމީރުގެ ސުވާލަކަށްވީ މާފުށީގެ އަނެއް ފަޅި ހިއްކަދޭން ވިދާޅުވި ވައުދު އެންމެ ފަހު އަހަރަށް ނުބާއްވާ އަވަހަށް ކޮށްދޭނެ ގޮތެއް ވާނެތޯއެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެރަށު ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނުފެށުނުނަމަވެސް ވަރަށް އަވަހަށް އެ މަސައްކަތް ފައްޓަވާނެކަމަށެވެ. 

"ބިން ހިއްކުން މި އަހަރު ނުފެށިދާނެ. ނަމަވެސް ވީހާ އަވަހަކަށް ފަށަން. އެންމެ ފަހު ދުވަހަކަށް މަޑެއް ނުކުރާނަން" ރައީސް ވިދާޅުވި އެވެ.

ލޯކަލް ޓްއަރިޒަމް އެންމެ ފުޅާކޮށް ރާއްޖޭގައި ކުރަމުން އަންނަ މާފުށީގައި ޑޮލަރު އޭޓީއެމް އެއް ނެތުމާއި ޑޮލަރު ލިބުން ހައްލުވާނީ ކޮން ދުވަހަކުންތޯ ވެސް ސަމީރު ވަނީ ރައީސާއި ސުވާލުކޮށްފައެވެ. 

ޑޮލަރުގެ ދަތިކަމަށާ ގުޅޭގޮތުން ޖަވާބުދެއްވަމުން ރއީސް ޑރ. މުއިއްޒު ވިދާޅުވީ، ޑޮލަރުގެ ތާށި ކަމަށް ހައްލު ލިބޭނީ އިގްތިސާދީ ގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެނެވި، އިގްތިސާދު ފުޅާވުމުންކަމަށެވެ. އެގޮތުން ބޮޑެތި މަޝްރޫއުތައް ހިނގަން ފަށައި، އިންވެސްޓްމަންޓަތައް ގިނަ ވާން ފެށުމުން ޑޮލަރުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބިޔަ ބޮޑެތި މަޝްރޫއުތައް ހިނގަން ފެށީމަ، އަދި އިންވެސްޓްމަންޓްތައް ގިނަވާން ފެށީމަ އިރާދަކުރެއްވިއްޔާ ޑޮލަރު ތިޔާގި ވާނެ، އިރާދަކުރެއްވިއްޔާ ޑޮލަރު ލިބޭލެއް އަވަސް ވާނެ، ފަސޭހަ ވާނެ." - ރައީސް ޑރ. މުއިއްޒު

ސަމީރުގެ އުފަން ރަށުގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމާއި ގުޅޭގޮތުންވެސް ރައީސް ވިދާޅުވީ މާފުށީގައި ޑޮލަރު އޭޓީއެމްއެއް ގާއިމް ކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ކުރައްވާނެ ކަމަށެވެ.

ކ.މާފުށީގެ ފަޅުން 25 ހެކްޓަރުގެ ބިން 2021 ވަނަ އަހަރު ވަނީ ހިއްކާފައެވެ. އަދި 1100 ހެކްޓަރުގެ ސަރަޙައްދު ވަނީ ޙިމާޔަތްކޮށްފައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިޔައީ، ހިއްކި ސަރަޙައްދު މާފުއްޓާ ކޯސްވޭއަކުން ގުޅާލާގޮތަށެވެ. ހިއްކި ސަރަހައްދުން 2000 އަކަފޫޓްގެ 308 ގޯތި ވަނީ ދޫކުރަން ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް