ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއީ އިންކަމް ޓެކްސް ނަގަންވީ ވަގުތު: އީވާ އަބްދުﷲ
މިއީ އިންކަމް ޓެކްސް ނަގަންވީ ވަގުތުކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން އިވާ ވިދާޅުވީ، މިއީ އިންކަމް ޓެކްސް ނަގަން އެންމެ ރަނގަޅު ވަގުތުތޯ ބައެއް ފަރާތްތަކުން ސުވާލުކުރަމުން އަންނަކަމަށެވެ. އަދި މިއީ އިންކަމް ޓެކްސް ނެގުމަށް އެންމެ ރަނގަޅު ވަގުތުކަމަށް އީވާ ވިދާޅުވި އެވެ. 

"ފުދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއް ދޭންވީ ވަގުތަކީ މިއީ އޭ އިއްޒަތްތެރި ރައީސް އަޅުގަނޑު ދަންނަވާނީ."

އިންކަމް ޓެކްސްއަކީ ގެޔަށް ގެންނަ ފައިސާއިން ނަގާ އެއްޗެއްކަން ފާހަގަކޮށް އީވާ ވިދާޅުވީ، 60،000 ރުފިޔާ ގެޔަށް ގެނެވޭ ހާލަތުގައި ހުރިނަމަ މިއީ ދައުލަތަށް އެ ޓެކްސް ދައްކަންވީ ވަގުތުކަމަށް ވިދާޅުވި އެވެ. 

އީވާ ވިދާޅުވީ ދުނިޔެ މިސްރާބު ޖަހާފައިވަނީ އިގްތިސާދީ "ބޮޑު ހިލުމަކަށް" ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދުވެސް އޮންނަންޖެހޭނީ މެދުރާސްތާ އަދި ދުރު ރާސްތާ ވިސްނުމަކަށް ތައްޔާރަށް ކަމަށް އީވާ ވިދާޅުވި އެވެ. 

އީވާ ވިދާޅުވީ އަލުން އިގްތިސާދު ބިންގާ އަޅާއިރު ލާމަރުކަޒު ކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އިގްތިސާދު ބިނާކުރުމަށް ވިސްނަން ޖެހޭނެ ކަމަށެވެ. 

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް