ދެވަނަ ޑިވިޝަނުގައި މިދިޔަ ހަފްތާގައި ހިނގި ބޮޑު މާރާމާރީ ފެށުނީ، ކުޑަ ހެންވޭރު ކުޅުންތެރިޔަކަށް އަނެޓޮލީ ކުރި ފައުލާ ގުޅިގެން އޭނާ އަށް ރެފްރީ އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުންނެވެ. އެއާއެކު ހިނގި ހަމަ ނުޖެހުންތަކުގައި ބަޔަކު ދަނޑަށް އަރައި ވަނީ އަނަޓޮލީއަށް ހަމަލާދީފައެވެ.
އަނެޓޮލީގެ ގާތް މީހަކާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ބަޔަކު ދަނޑަށް އަރައި އޭނާއާ ދިމާކުރުމުން އޭނާ ހުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ ހަމަނުޖެހުންތަކުގެ ސަބަބުން އޭނާއަށް ރައްކާތެރިކަމެއް ނެތް ކަމުގެ އިހްސާސް ކުރެވި އޭނާވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ.
އެ ދުވަހުގެ ހަމަ ނުޖެހުންތަކާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވެއެވެ.